ހަރަކާތްތައް

އެޗްސީއޭ ކޮމިއުނިޓީ މެޑިކަލް ކޭމްޕް 2026

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރުއްގަނޑު 3

ހުޅުމާލޭ ކޮމިއުނިޓީ އެލައެންސްގެ ފަރާތުން "އެޗްސީއޭ ކޮމިއުނިޓީ މެޑިކަލް ކޭމްޕް 2026"ގެ ނަމުގައި އާންމުންނަށް ހުޅުވާލައިގެން ހިލޭ މެޑިކަލް ކޭމްޕެއް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އޮކްޓޫބަރު މަހުގެ ދެ ދުވަހަށް ކުރިޔަށްދާ މި ކޭމްޕުގައި، ތަފާތު އެކި ދާއިރާތަކުގެ ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ރައްޔިތުންނަށް ހިލޭ ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ.

WhatsApp Image 2026 06 19 at 11.30.11

ހުޅުމާލޭ ކޮމިއުނިޓީ އެލައެންސް (އެޗްސީއޭ)ގެ ފަރާތުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ، އާންމުންނަށް ހުޅުވާލެވިފައިވާ ހިލޭ މެޑިކަލް ކޭމްޕް، "އެޗްސީއޭ ކޮމިއުނިޓީ މެޑިކަލް ކޭމްޕް 2026" 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 9 އަދި 10 ވަނަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރުއްގަނޑު 3 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދެ ދުވަހުގެ ތެރޭގައި، ތަފާތު އެކި ދާއިރާތަކުގެ ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ރައްޔިތުންނަށް ހިލޭ ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ. މި ކޭމްޕުގައި ލިބޭ ޚިދުމަތްތަކުގެ ތެރޭގައި ދަތުގެ ފަރުވާ، ކަންފަތް، ނޭފަތް އަދި ކަރުގެ (އީއެންޓީ) ކޮންސަލްޓޭޝަން، ލޮލުގެ ފަރުވާ، އަންހެނުންގެ ބަލިތަކުގެ ކޮންސަލްޓޭޝަން، ލޭގައި ހަކުރު ހުރި މިންވަރު ބެލުން، ބަރުދަން ބެލުން، ކަށީގެ (އޯތޮޕެޑިކްސް) ކޮންސަލްޓޭޝަން، ނަފްސާނީ ކައުންސެލިން އަދި ފަރުވާ، އަދި ހަމުގެ އެކިއެކި ބަލިތައް ދެނެގަނެ ފަރުވާ ދިނުން ހިމެނެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މި ކޭމްޕް ބޭއްވުމުގެ މަޤްޞަދަކީ، އެ ސަރަހައްދުގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނާ ވީހާވެސް ގާތުން، އެއް ފުރާޅެއްގެ ދަށުން، ހިލޭ ޞިއްޙީ ޚިދުމަތްތަކާއި މައުލޫމާތު ފޯރުކޮށްދިނުމެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް +960 7522259 ނުވަތަ +960 7954035 އަށް ގުޅުއްވުމަށް، info@hca.com.mv އަށް އީމެއިލް ކުރެއްވުމަށް، ނުވަތަ www.hca.com.mv އަށް ޒިޔާރަތްކުރެއްވުމަށް އެދެމެވެ. އިތުރު ތަފްޞީލުތައް ހަރަކާތާ ކައިރިވުމުން ހިއްސާކުރާނެއެވެ.

ޝެއަރ