މީޑިއާ
ހަރަކާތްތަކުގެ ޚަބަރު
އެޗްސީއޭ އިން ކުރިއަށް ގެންދާ ޕްރޮގުރާމްތަކުގެ މައުލޫމާތު އެމްޓީސީސީ އާއި ހިއްސާކޮއްފި

ހުޅުމާލެ ކޮމިއުނިޓީ އެލައެންސް (އެޗްސީއޭ) ގެ ފަރާތުން މިއަހަރު އޮކްޓޯބަރ 9 ކުން 10 އަށް ހުޅުމާލެ ފޭސް 2 ގައި ކުރިއަށް ގެންދިއުމަށް ތައްޔާރު ވަމުންދާ "އެޗްސީއޭ ކޮމިއުނިޓީ މެޑިކަލް ކޭމްޕް 2026" އާއި ގުޅޭ މައުލޫމާތު އެމްޓީސީސީ އާއި އެކު 08 ޖުލައި 2026 މިއަދު ވަނީ ހިއްސާކުރެވިފަ.
މިބައްދަލު ވުމުގައި އެޗްސީއޭގެ ރައީސް އަލްފާޞިލް ޖިހާދު އަބްދުﷲ ވަނީ ޖަމްޢިއްޔާ އިން ކުރިއަށް ރޭވިފައިވާ ހަރަކާތްތަކުގެ މައުލޫމާތު ހިއްސާކުރައްވާފަ.
މިބައްދަލު ވުމުގައި އެމްޓީސީސީގެ ސިއީއޯ ފާހަގަ ކުރެއްވިގޮތުގައި އެޗްސީއޭއިން ކުރިއަށް ގެންގޮސްފައިވާ ހަރަކާތްތަކަކީ ކާމިޔާބު ހަރަކާތްތަކެއް ގޮތުގައި ފާހަގަކުރެއްވި. އަދި ކުންފުނީގެ ފަރާތުން ވެދެވެން ހުރި އެއްބާރުލުމާއި އެހީތެރިކަަން ވެދެއްވުމަކީ ކުންފުންޏައް ލިބޭ އުފަލެއްކަމުގައި ވަނީ ވިދާލުވެފައި
ޝެއަރ
