
ރުއްގަނޑު 3 ގައި ބޭއްވުމަށް ހަމަޖެހިފައިވާ "އެޗްސީއޭ ކޮމިއުނިޓީ މެޑިކަލް ކޭމްޕް 2026" ގައި ބައިވެރިވުމަށް ހޮސްޕިޓަލްތަކާއި ކުލިނިކްތަކަށް އަދި ނަފްސާނީ ބަލިތަކަށް ފަރުވާދޭ ސްޕެޝަލިސްޓުންނަށް ދައުވަތު އަރުވަމެވެ.
މި ކޭމްޕުގައި ބައިވެރިވާން ބޭނުންވާ ހޮސްޕިޓަލްތަކާއި ކުލިނިކްތަކުން، އަދި ސްޕެޝަލިސްޓުން 15 ޖުލައި 2026 ވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވުމަށް އެދި ހުށަހެޅުއްވުމަށް ދެންނެވީމެވެ. ބައިވެރިވުމަށް ނުވަތަ އިތުރު މައުލޫމާތު ހޯއްދެވުމަށް info@hca.com.mv އަށް އީމެއިލް ކުރެއްވުމަށް ނުވަތަ 7954035 އަށް ގުޅުއްވުމަށް އެދެމެވެ.
މި ހަރަކާތުގައި ޞިއްޙީ ޚިދުމަތްތެރިންގެ ބައިވެރިވުމަށް އެޗްސީއޭއިން މަރުޙަބާ ކިޔަމެވެ. އަދި ރައްޔިތުންނަށް މި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެކުގައި މަސައްކަތްކުރުމަށް އިންތިޒާރުކުރަމެވެ.
ޝެއަރ
