މީޑިއާ
ހަރަކާތްތަކުގެ ޚަބަރު

އެޗްސީއޭ ކޮމިއުނިޓީ މެޑިކަލް ކޭމްޕް 2026 ގެ މައުލޫމާތު ސަން ޝިޔާމް މީޑިއާ އާ ހިއްސާކޮށްފި

Sstvhca

އެޗްސީއޭ ކޮމިއުނިޓީ މެޑިކަލް ކޭމްޕް 2026 ގެ މައުލޫމާތު ސަން ޝިޔާމް މީޑިއާ އާ ހިއްސާކޮށް، މި ކޭމްޕުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުމާ ގުޅޭގޮތުން ހުޅުމާލެ ކޮމިއުނިޓީ އެލަޔަންސް (އެޗްސީއޭ) އިން 7 ޖުލައި 2026 ގައި ސަން ޝިޔާމް މީޑިއާ އާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ކޭމްޕުގެ ޚަބަރުތައް ފެތުރުމުގައްޔާއި ގިނަ ބަޔަކާ ހަމައަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ސަން ޝިޔާމް މީޑިއާ އިން އެއްބާރުލުން ދެވިދާނެ ގޮތްތަކާ ބެހޭގޮތުން ދެފަރާތުން މަޝްވަރާކުރިއެވެ.

ކޮމިއުނިޓީ މެޑިކަލް ކޭމްޕް 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 2 ގެ ރުއްގަނޑު 3 ސަރަޙައްދުގައި 9 އަދި 10 އޮކްޓޫބަރު 2026 ގައެވެ. މި ކޭމްޕުގައި ބައިވެރިވުމަށް ހޮސްޕިޓަލްތަކާއި ކުލިނިކްތަކަށް އަދި ނަފްސާނީ ބަލިތަކަށް ފަރުވާދޭ ސްޕެޝަލިސްޓުންނަށް ދައުވަތު އަރުވާފައިވާއިރު، ބައިވެރިވުމުގެ ސުންގަޑިއަކީ 15 ޖުލައި 2026 އެވެ.

ޝެއަރ