މީޑިއާ
ހަރަކާތްތަކުގެ ޚަބަރު

"އެޗްސީއޭ ކޮމިއުނިޓީ މެޑިކަލް ކޭމްޕް 2026" ގެ މައުލޫމާތު މާލޭ ސިޓީ ކައުސިލް އާއި ހިއްސާކުރައްވާއިފި.

WhatsApp Image 2026 07 08 at 21.17.18

ހުޅުމާލެ ކޮމިއުނިޓީ އެލައެންސް (އެޗްސީއޭ) ފަރާތުން މިއަހަރު އޮކްޓޯބަރ 09 އިން 10 އަށް ހުޅުމާލެ ފޭސް 2 ގައި ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާ "އެޗްސީއޭ ކޮމިއުނިޓީ މެޑިކަލް ކޭމްޕް 2026" މައުލޫމާތު މާލޭ ސިޓީ ކައުންސިލް އާއި މިއަދު ވަނީ ހިއްސާ ކޮއްފައިއެވެ. 

މިބައްދަލުވުމުގައި ޖަމްޢިއްޔާގެ ފަރާތުން ޖަމްޢިއްޔާގެ ރައީސް ޖިހާދު އަބްދުﷲ އާއި ޖަމްޢިއްޔާގެ ޓެކްނިކަލް ޑައިރެކްޓަރ އަޙުމަދު އިބްރާހީމް އަދި އިވެންްޓް ކޮމެޓީގެ މެންބަރ މައުރޫފް ވަނީ ބައިވެރިވެ ވަޑައިގެންފައިއެވެ. މިބައްދަލު ވުމުގައި ޖަމްޢިއްޔާއިން ކުރިއަށް ރޭވިފައިވާ ޕްރޮގުރާމްތަކުގެ މައުލޫމާތު މާލޭ ސިޓީގެ މޭޔަރ އަލްފާޞިލް އާދަމް އާޒިލް އާއި ވަނީ ހިއްސާ ކުރައްވާފައިއެވެ،

މިބައްދަލު ވުމުގައި އެޗްސިއޭ އިން ކުރިއަށް ގެންދާ ޕްރޮގުރާމް ތަކަށް މާލޭ ސިޓީ ކައުންސިލްގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަގީންކަން މޭޔަރ އާދަމް އާޒިމް ވަނީ ދެއްވާފައިއެވެ، އަދި އިޖުތިމާޢީގޮތުން އެޗްސީއޭ އިން ކުރަމުންގެންދާ މަސައްކަތްތަކަށް މޭޔަރ ވަނީ ތަޢުރީފު ކުރައްވާފައިއެވެ. 

ޝެއަރ